ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އެފަދަ އެހެން އާލާތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭއައި ނުވަތަ އެފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތައް ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު ކަމަށެވެ.
މީގެއިތުރުން، ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ނުވަތަ ކާކުކަން ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމަންޓެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ، ޕާސްޕޯޓަށް ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ފޮޓޯތައް އިތުރަށް ފުރިހަމަކުރުމާއި ބަދަލުތައް ގެނައުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. އެގޮތުން، ޕާސްޕޯޓް ފަދަ ރަސްމީ އަދި މުހިންމު ލިޔެކިޔުންތަކަށް ހުށަހަޅާ ފޮޓޯތައްވެސް އޭއައި ބޭނުންކޮށްގެން ގިނަ ފަރާތްތަކުން އެޑިޓްކުރަމުންދެއެވެ.
އޭއައި އިން އެޑިޓްކުރާ ފޮޓޯތައް ޕާސްޕޯޓުގައި ނުޖެހޭނެ: އިމިގްރޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ