ތަރައްގީއަށް ހުރަސް އަޅާކަށް ބޭނުމެއް ނޫން، ރައްޔިތުން ބޭނުންވާނަމަ އިސްތިއުފާދޭން ތައްޔާރު: ސައުދުﷲ

ގދ.ތިނަދޫގެ ތަރައްގީއަށް ހުރަސް އެޅެން ބޭނުން ނުވާ ކަމަށާއި ރައްޔިތުން އެދޭނަމަ ވަގުތުން އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓާ ބެހޭގޮތުން ސައުދުﷲ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ތިނަދޫއަށް ހިމަނާފައިވަނީ ނުފެށި އޮތް އެންމެ ޕްރޮޖެކްޓެއް ކަމަށާއި އާ އެންމެ ޕްރޮޖެކްޓެއް ވެސް ނުހުންނާނެކަމަށެވެ.
މީގެ އިތުރުން ސައުދުﷲ ވިދާޅުވީ ވަކި މެންބަރަކައްޓަކާ ނުވަތަ ވަކި ރައްޔިތަކައްޓަކާ ނުވަތަ އެ ބައެއްގެ ސިޔާސީ ފިކުރަކާ ހެދި ތަފާތުކޮށް އަމަލު ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
ސައުދުﷲ މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމްތެރޭގައި ފެކްޝަން އުފެދިފައިވާއިރު އެބޭފުޅާ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ ފެކްޝަނަށް ތާއީދު ކުރަން ނިންމުމާ ގުޅިގެން ސައުދުގެ ސްވިފްޓް އިންޖިނިއަރިންއަށް ދޫކޮށްފައިވާ ބައެއް މަޝްރޫއުތައްވަނީ ހުއްޓުވާފައެވެ.
ސައުދުﷲ އިތުރަށް ވިދާޅުވިގޮތުގައި އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިވާ ގޮތަށް ކުއްލި ކުއްލިއަށް ކަންކަން ނިންމާ ޓެކްސްތައް ނެގުމަށް އޭނާ ތާއިދުނުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ