ފޭދޫ ސްކޫލް އަންހެން ޓީޗަރެއްގެ އަތުން ފޭރުނު މީހާ ހައްޔަރުކޮށްފި

ސ. ފޭދޫ ސްކޫލްގެ ކިޔަވައިދޭ ބޭރުގެ އަންހެން ޓީޗަރެއްގެ އަތުން ފޭރުނު މީހާ ހައްޔަރުކޮށް ފޭރުނު ބައެއް ތަކެތި ހޯދައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް، ސަބް އިނިސްޕެކްޓާ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ، ފޭދޫ ސްކޫލްގައި އިނގިރޭސި މާއްދާ ކިޔަވައިދޭ އިންޑިޔާ ޓީޗަރެއްގެ އަތުން ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ އިތާމުތްގޭ އިބްރާހިމް އަޝްފާން މުހައްމަދު 29، ކަމަށެވެ. އަދި އޭނާ ފޭރިގަތް ތަކެތި ފުލުހުން ހޯދައިފައިވަނީ ތަހުގީގުގައި އޭނާ އެތަކެތި ފޮރުވި ތަން ކިޔައިދިނުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ފޭރުނު ތަކެތީގެ ތެރެއިން ލެޕްޓޮޕާއި ގަހަނާގެ އިތުރުން މޯބައިލް ފޯނާއި ޕެން ޑްރައިވް ހޯދާފައި ވަނީ އެކަން ކުރި މީހާ ލައްވައި ކަމަށެވެ. ލެޕްޓޮޕް ފެނުނީ ބިދޭސީން އުޅޭ ތަނެއްގައި ފޮރުވާފައި އޮއްވައި. މޯބައިލް ފޯނާއި ޕެން ޑްރައިވް ހޯދާފައިވަނީ ބަޔަކަށް ވިއްކާލާފައި ވަނިކޮށް. ނަމަވެސް ފޭރިގަތް ފައިސާ ތައް އަދި ހޯދިފައެއްނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފޭދޫގައި ބިދޭސީ ޓީޗަރުގެ އަތުން އިއްޔެ ރޭ ފޭރިގެންފައި ވަނީ، ފޭދޫ ކޭޕީއެސް ސްކޫލް ކައިރިން ދަނިކޮށް އެ ރޭ 8:00 ޖަހާއެކަންހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ