އާ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް: އުމަރު

އާ ޕާޓީއެއް އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް އަލުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމާއެކު އުމަރު ވަނީ ޕީޕީއެމް ތެރެއިން އާ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީ ހެދުމާ އޭނާ ދެކޮޅު ކަމަށާއި، ނަމަވެސް ރައީސް މައުމޫނަށް ތާއިދު ކުރައްވާ ފަރާތްތަކުން އެގޮތަށް ނިންމައިފިނަމަ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރި ވާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑީއާރްޕީގައި ފެކްޝަން އުފެދުމުން އެ ޕާޓީދޫކޮށް ޕީޕީއެމް އުފައްދަން އޭނާ ދެކޮޅު ހެދި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމް އުފައްދަން ދެކޮޅު ހެދީ އޭރު ޕީއޭގެ ބޭފުޅުން ވަޑައިގެން ޕީޕީއެމް އުފައްދަވައިގެން މަސައްކަތް ކުރީ ޕީޕީއެމް ޓޭކް އޯވާ ކުރަން ކަމަށް ހީކުރެވުނު ކަމަށާއި، އެ ދުވަހު ކުރެވުނު ކުންހީ މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.
އަދި ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނީ ޕްރައިމަރީގައި ރައީސް ޔާމީން ވާދަކުރެއްވުމުން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ