މިއަދު ސަރުކާރު މާ ބާރުގަދަ، މިއީ ގާނޫނުއަސާސީން ގެންނަން ބޭނުންވި ބަދަލެއް ނޫން: ފައްޔާޒު

މިހާރު ސަރުކާރު މާ ބާރުގަދަވެފައިވާ ކަމަށާއި އެއީ ގާނޫނުއަސާސީން ގެންނަން ބޭނުންވި ބަދަލެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ. ފައްޔާޒު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ކަަމަށް މިހާރު ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގަލޮޅު ކަންމަތީގައި މިރޭ ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ފައްޔާޒު ވަނީ ގާނޫނުއަސާސީ އެކުލަވާލަން ކުރި މަސައްކަތުން ލިބުނު ހެޔޮ ކަންކަން، މިއަދު ގެއްލޭ މަންޒަރު ފެންނަކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ބޮޑު ބިރަކީ ކޮންމެ ފަސް އަހަރަކުން ހައްގުތައް ގެއްލި، އަލުން ބިރުވެރި މާހައުލެއްގައި އެ ހައްގުތައް ހޯދަން މަޖުބޫރުވުން ކަމަށް އޭނާ ވިދާޅުވިއްވެ. ފައްޔާޒު ވިދާޅުވީ މިއަދު ދިވެހި ސަރުކާރުގެ ބާރު މާ ގަދަކަމަށެވެ. އެއީ ގާނޫނުއަސާސީން މި ގައުމަށް ގެންނަން ބޭނުންވި ބަދަލު ނޫންކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރާނެ، ރައްޔިތުން ގާތުން މަސައްކަތްކުރާނެ ވެރިން ރާއްޖެއަށް އައުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ކަަމަށް މިހާރު ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގަލޮޅު ކަންމަތީގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ހިމާޔަތްކޮށް، ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނަގަހައްޓާ ހިފަހައްޓާނެ ބަޔަކަށް ވާންޖެހޭ ކަމަށާއި ފަނޑިއާރުގެއަކީ އެއްވެސް މީހަކަށް ބެލުމެއްނެތި ރައްޔިތުންނަށް އިންސާފު ގާއިމްކޮށްދޭނެ ތަނަކަށް ވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން އެގޮތަށް ވާތަން މިހާރު ނުފެންނަކަމަށް ފައްޔާޒު ވަނީ ބިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކަންކަން މިގޮތަށް ހުރުމުން ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި ބޮޑު ބަދަލު ގެނައުމަށްޓަކައި އެމްޑީޕީން އެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ދިމާވެފައި އޮތް ހިތާމަވެރި ކަންތައްތަކުގެ ތެރޭގައި ގިނަ ބަޔަކު ޕާޓީން ވަކިވުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީން ގިނަ ބަޔަކު ވަކިވެގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު ނިކަމެތިކަމެއް. ހަމައެއާއެކު އަޅުގަނޑުމެންގެ ވެރިކަން ބަދަލުވެގެންގޮސް މިއަދު މިހާހިސާބަށް އާދެވުނުއިރު އެމްޑީޕީއަކުން ރައްޔިތުންނަކަަށް މަގެއް ނުދެއްކުނު. އޭގެތެރޭގައި އަޅުގަނޑު ޗެއާޕާސަނަކަށް ހުރިއިރުގަވެސް އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވުނު. އޭގެ މައިގަނޑު އެއް ސަބަބަކި އަޅުގަނޑުމެން ވަކިވެފަ އޮތް ވަކިވުން.އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފައްޔާޒު ވިދާޅުވީ އެމްޑީޕީ އެއްވެ އެކަތިގަނޑަކަށް ވެގެންނޫނީ މިއަދު ސަލާމަތެއް ނެތް ކަމަށެވެ. ނަމަވެސް ޕާޓީގެ އެތެރޭގެ ބައިބައިވުން މިހާރު ވަރަށް ބޮޑަށް އެއްވެފައި ވާކަމަށާއި ޕާޓީގެ ކުރިމަގު މިހާރު ވަރަށް ސާފުކޮށް ފެންނަކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ކަަމަށް މިހާރު ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގަލޮޅު ކަންމަތީގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ ފައްޔާޒު ވިދާޅުވީ ގެންނަންޖެހޭ ބޮޑު ބަދަލު ގެނައުމަށް އެމްޑީޕީގައި ބާރުގަދަ މަގުބޫލު ލީޑަރެއް ހުންނަން ޖެހޭކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ނާޒުކު ވަގުތެއްކަމަށާއި ޚާއްސަކޮށް ޑިމޮކްރަސީގެ ހަޔާތުގައި މިއީ ނުރައްކާތެރި އުނދަގޫ ވަގުތެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިވަގުތު އެމްޑީޕީ ވަރުގަދަކޮށް ނިކުތުމަކީ ދިވެހި ރައްޔިތުންނަށާ އަޅުގަނޑުމެންނަށް އަންނަން އޮތް ޖީލުތަކަށް ކޮށްދެވޭނެ އެންމެ މުހިންމު އެއް ކަންތައް. މިކަން ކުރުމަށްޓަކައި އަޅުގަނޑު ރައީސް ނަޝީދުގެ އަތުގައި ހިފައިގެން މި ގައުމު ބަދަލުކުރަން ނިކުމެ މިހިރީ.އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފައްޔާޒު ވިދާޅުވީ މިވަގުތު ރައީށް ނަޝީދު އެމްޑީޕީއާ ހަވާލުވެގެން ނޫނީ، ދިވެހިރާއްޖެ ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނެ ކަމަކަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވާހަކަ ދައްކަވަނީ ތަޖުރިބާއާ އެކުގައި ކަމަށެވެ. https://sun.mv/220912 މިދިޔަ ހަފުތާގައި ނަޝީދާއި ފައްޔާޒު ވަނީ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އެ ބޭފުޅުން ގެންނަން ބޭނުންފުޅުވާ ބަދަލުތަކެއް ހާމަކުރައްވައިފައެވެ. އަދި، ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވައި، ފައްޔާޒު ރައީސް ކަމަށް ވާދަކުރައްވާނެކަން އެ ބޭފުޅުން ވަނީ އިއުލާންކުރައްވައިފައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް މީގެ ކުރިން ވެސް އެމްޑީޕީގެ އެތެރޭގައި ކޮށްފައިވެއެވެ. އެގޮތުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ނަޝީދު ވަކާލާތުކުރައްވާތާ އެތައް އަހަރެއްވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ