ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށް ސާބިތުވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހަތަރުމަހާއި ސައުވީސް ދުވަހަށް ޖަލަށް ލުމަށް މަހުލޫފުގެ މައްޗަށް ހުކުމްކޮށްފައިމިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންގެ ބަންދުގައި ހުންނެވިއިރު، ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރެވުނު ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.
ނަމަވެސް މިހުކުމާއި ގުޅިގެން އޭނާ މަޖިލީހުގައި ތަމްސީލު ކުރައްވާ ގޮނޑިއެއް ނުގެއްލޭނެ އެވެ. މަޖިލީހުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް ކުރެވިގެންނެވެ.
މެމްބަރު މަހުލޫފު ޖަލަށް ލާން މިއަދު ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ