ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މިސްރަށް ފުރާވަޑައިގެންފި އެވެ.
މައުމޫން މިސްރަށް ފުރާވަޑައިގަތީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ބާއްވާ ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް، އެގައުމުގެ މުފްތީ ފަޟީލަތުއް ޝައިޚް ޑޮކްޓަރ ޝައުގީ އިބްރާހީމް އައްލާމް ދެއްވާފައިވާ ދައުވަތަކަށެވެ.
ިމިސްރުގެ އިސްލާމީ ފަތުވާ ދޭ މަރްކަޒު ދާރުލްއިފްތާއިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް އޮންނާނީ މިމަހުގެ 17 އިން 18 އަށް މިސުރުގެ ވެރިރަށް ގާހިރާގަ އެވެ.
މި ޖަލްސާއަކީ ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި ގިނަ އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާއެކެވެ. މިޖަލްސާގައި ރައީސް މައުމޫން ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ިމައުމޫނުގެ މިދަތުރުފުޅުގައި މިމަހުގެ 18 ވަނަ ދުވަހު މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީގެ އަރިހަށް، އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މައުމޫން މިސްރަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ