ރޭ އަނިޔާވެރިކޮށް މަރާލާފައި އޮތްވާ ފެނުނު ޤާސިމް ހަސަން މަރާލުމުގައި އެއްވެސް ވަރަކަށް ބައިވެރިވުމެއް ނޯންނާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.ޝަހީމް މިހެން ވިދާޅުވީ "ސަން އޮންލައިން" އަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޤާސިމް އަށް ހަމަލާދީފައި އޮތްވާ ފުލުހުންނަށް ދެނުނީ ހުޅުމާލޭގެ ހިތިގަސްމަގުންނެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނު ފަހުން ޤާސިމް ވަނީ ނިޔާވެފައެވެ. ރޭ މީސްމީޑިއާގައި ބައެއް މީހުން ވަނީ، ޤާސިމް އަށް މެމްބަރު ޝަހީމް ގުރޫޕެއް ފޮނުވާ އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެކަންކޮށްފައިވަނީ ޝަހީމް އަތުން ނެގި ލޯނެއް ޤާސިމް ނުދައްކައިގެން ކަމަށްވެސް އަޑު ފެތުރިފައިވެއެވެ. ނަމަވެސް ޝަހީމް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވާފައެވެ. ޝާހީމް ވަނީ އެއީ އެ ބޭފުޅާ ދަންނަވެސް މީހެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އަކީ އެހާ ފައިސާއެއްވެސް ހުންނަ މީހެއް ނޫން ކަމަށާއި އެހެން ކަމުން އެފަދަ ލޯނެއް މީހަކަށް ދޭނީވެސް ކިހިނެއްތޯ ޝަހީމް ވަނީ ސުވާލު ކުރައްވާފައެވެ.ފުލުހުން ދަނީ މިހާރު މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ. ފާއިތުވި ދެތިން ހަފްތާ ތެރޭގައި ގޮތް ނޭނގޭ ގޮތަށް 3 މީހަކު މަރުވެފައިވާ ކަން ފާހަގަކުރެވެއެވެ. މިގޮތުން މާލޭ ގެއެއްގެ ސިޑި ގޮޅީގައި ވެސް މީހަކު މަރުވެ ކުނިވެފަ އޮތްވާ ވަނީ ފެނިފައެވެ. ނަމަވެސް މިއިން އެއްވެސް މަރެއްގެ ތަފްސީލު އަދި ފުލުހުން ހާމަކޮށްފައިނުވެއެވެ.
މިލިޔުން ކިޔާލުމުން
12 %
އުފާވި
24 %
ދެރަވި
63 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ވަހީދު
މަރުގެ ތަހްޤީޤަށް ފޮރުވަން ފަތުރާ ވާހަކަ މިހުންނަނީ.
REPLY
ބޯހަލާކު
މި ގައުމު ގާދޫކޮލުން ބޭރު ވެއްޖެ ގައުމެއް ވާ ނެތް
REPLY
އާދަމް
އެއްވެސް މީހަކު ކަމެއް ކޮއްފަ އެކަން ކުރީ ތިމަންނައޭ ގޮވަމަކުން ނުދުވާނެ.
REPLY
ހިޔަލަ
ނުދަންނަކަމަށްވާނަމަ އެހާފައިސާ ހުންނަމީހެއްނޫންކަން އެގުނީ ކިހިނެއްބާ؟ އަރަތެއް އުތަ
REPLY
ޤާސިމް މަރާލުމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ: މެމްބަރު ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ