ޕްރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި އަލަށް ހަދާ ޕްރީ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މަރުވެފައިވަނީ ޗައިނާ ޓައުންގައި އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލްގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ބަންގްލަދޭޝް ރައްޔިތެކެވެ.
އެމީހާ މަރުވީ މިއަދު ހެނދުނު ވަގުތެއްގައި ހޮޑުލައި ނޭވާލާން އުދަގޫވެގެން ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް މެންދުރުކުރީގެ ވަގުތެއްގައި އެވެ. މިއަދު 11:30 ހާއިރު އެމީހާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ.
މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މާލޭގައި ހުންނަ މޯޗަރީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ