ހާފިޒުންނަށް ބޮޑުކުރި 4،000ރ.ގެ އެލަވެންސް ޖަމާކުރަން ފަށައިފި

ގުރުއާން ހިތުދަސް ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް، ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 4،000ރ.އަށް ބޮޑުކޮށް، މިއަދު ޖަމާކުރަން ފަށައިފި އެވެ.
އެނގުން މުހިންމު - ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ ކުރިން ސަރުކާރުން ހާފިޒުންނަށް ދެމުން އައީ މަހަކު 2،000ރ. އެވެ. ރައީސް ވައުދުވެވަޑައިގަތީ އެ އަދަދު މަހަކު 4،000ރ.އަށް ބޮޑުކުރެއްވުމަށެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީން މިރޭ ބުނި ގޮތުގައި، ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ޖުލައި މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވަނީ ބޮޑުކޮށްފަ އެވެ. އަދި މިއަދު އެ އެލަވަންސް ހާފިޒުންނަށް ޖަމާކޮށްފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
"ސަރުކާރުން ދެމުން ދިޔަ 2،000ރ. އެލަވަންސްވަނީ 4،000ރ.އަށް ބަދަލުކޮށްފައި. މިއަދު ވަނީ ހާފިޒުންނަށް އެލަވަންސް ބޮޑުވެ ޖަމާކޮށްފައި،" މިނިސްޓްރީން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ