ތިނަދޫ އަށް އަށް ދެ އިންޖީނެއް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން: މެމްބަރު އަބުދުﷲ

ތިނަދޫގެ އިންޖީނުގެ މުޅިން އަދައިގެން ގޮސް މުޅި ރަށުން ކަރަންޓް ކެޑިފައިވާތީ އެ ރަށަށް ކަރަންޓް ދިނުމުގެ ގޮތުން ދެ އިންޖީނެއް އެ ރަށަށް ގެންދިއުމަށް މަސައްކަތްކުރަމުންދާ ކަމަށް ތިނަދޫ ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
‘ދުވަސް’ ނޫހާއި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ތިނަދު އަށް މިވަގުތު ދިމާވެފައިވަނީ ކްރައިސިސް އެއް ކަމަށާއި އެކަން ހައްލުކުރުމަށް ފެނަކަ އާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
” ގާދޫގަ ހުރި ޖަނެރޭޓަރަކާއި މާމެންދޫގައި ހުރި ޖަނަރޭޓަރެއް މިހާރު އެބަގެންދޭ ތިނަދޫ އަށް” މެމްބަރު އަބުދުﷲ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ތިނަދު އަށް މި ދިމާވި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ އެކި ފަރާތްތަކާއި އެކީ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
ގއ. ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެން އޭނާގެ ފޭސްބުކުގައި ވިދާޅުވެފައި ވަނީ ވިލިގިލީ ހޮސްޕިޓަލުން 20 ވިލޯވޮޓްގެ ޖަނެރޭޓަރަށް ތިނަދޫ ހޮސްޕިޓަލުގައި ބޭނުންކުރުމަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މާމެންދޫ އިން ވެސް 50 ކިލޯވޮޓްގެ ޖަނެރޭޓަރެއް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޭ ދަންވަރު ތިނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިނަދޫ އިންޖީނުގޭގައި ހުރި ތިން އިންޖީނާއި އެކު އެތަން ވަނީ އަދާ ހުލި ވެފައެވެ. އަލިފާން ރޯވި ސީދާ ސަބަބެއް އަދި ނޭނގުނަސް ފެނަކަ ކޯޕަރޭޝަނުން ލަފާކުރަނީ މިއީ ‘އިންސިޑެންޓެއް’ ނޫން ކަމަށެވެ.
އެ ހާދިސާގެ ސަބަބުން ކަރަންޓުގެ އިތުރުން ތިނަދޫގެ ފެނާއި ނަރުދަމާގެ ނިޒާމަށް ވެސް ވަނީ ބުރޫ އަރާފައެވެ. ތިނަދޫގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތްކުރަމުންދާއިރު ފުލުހުން ދަނީ އަލިފާނުގެ ހާދިސާ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ