މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަލީ އާރިފް މަގާމުން އިސްތިއުފާދެއްވިކަން ރައީސް އޮފީހުން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ނަމަވެސް އަލީ އާރިފް އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއްނުވެއެވެ.
އަލީ އާރިފަކީ, ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އަލީ އާރިފްގެ ބޭބެ, އިގްބާލް އާދަމް ވެސް ހުންނެވީ ރައީސްގެ ރަސްމީ ގެކޮޅުގެ މިނިސްޓަރުގެ މަގާމުގައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ފަހު ރައީސް މުއިއްޒު ވަނީ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުނު އެ އިންތިޚާބުގެ ނަތީޖާ ބަލައިގަންނަވާ ކަމަށާއި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިން ފެށިގެން ބައެއް ބޭފުޅުން މަގާމުން ވަކިކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން ކުންފުނިތަކުން އިސްތިއުފާ ދެއްވާފައިވެއެވެ.
ނަމަވެސް އަލީ އާރިފް ނޫނީ ސިޔާސީ ގޮތުން ސަރުކާރުގައި ތިބި ބޭފުޅަކު އަދި އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
އަލީ އާރިފް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ