އިދިކޮޅު އިއްތިހާދާއި ބައްދަލުކުރަން އުމަރު އިނގިރޭސިވިލާތައް ވަޑައިގެންފި

އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އާއި އަހްމަދު އަދީބުގެ ސަޕޯޓަރުން އިސްވެ ހަރަކާތްތެރިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އާއި ބައްދަލުކުރަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިނގިރޭސިވިލާތައް ވަޑައިގެންފިއެވެ.
އުމަރު އިނގިރޭސިވިލާތައް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އުމަރު ވިދާޅުވެފައި ވަނީ މިދަތުރުފުޅަކީ ޖަމީލް އާއި އޭނާގެ ޓީމާއި 2018 ގެ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން މަޝްވަރާކުރަން ކުރާ ދަތުރެއް ކަމަށެވެ. ޖަމީލް އަކީ އިދިކޮޅު އިއްތިހާދުގެ ލީޑަރެވެ.
އުމަރު ވިދާޅުވީ އިނގިރޭސިވިލާތައް ކުރާ ދަތުރުގައި ޖަމީލްގެ ޓީމްގެ އިތުރުން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އާއި ސޮބާހް ރަޝީދު އާއި ވެސް ބައްދަލުކުރާނެ ކަމަށެވެ.
އުމަރު އެނބުރި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ބުދަ ދުވަހުއެވެ.
އުމަރު އަކީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން ފިޔަވައި ވިދާޅުވެފައިވާ ހަމައެކަނި ބޭފުޅާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ