ހުޅުމާލެ އިން ކަރަންޓް ކެނޑުން އާންމުވެ ޝަކުވާ ބޮޑުވެއްޖެ

ހުޅުމާލެ އިން އިން ކަރަންޓް ކެނޑުން އާއްމުވެ، އާއްމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ބުނިގޮތުގައި މިއަދު ހެނދުނު 9:30 ގައި ކަރަންޓް ކެނޑުނު ގޮތަށް ކަރަންޓް ލިބުނީ 12 ޖަހަން އުޅެނިކޮށެވެ. މި މަސް ފެށުނު ފަހުން ވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދިމާވަމުންދާ ކަމަށް އެ މީހުން ބުންޏެވެ."ކަރަންޓް ކެނޑުން އާއްމުވެ ކޮންމެ ދުވަހަކު ވެސް އެހާ އުނދަގޫތަކަކާ އެބަ ކުރިމަތިލާން ޖެހޭ. މިއަދު ވެސް ދެ ގަޑިއިރު ފަހުން ކަރަންޓް މި ލިބުނީ،" ހުޅުމާލޭގައި ދިރިއުޅޭ ހުސެއިން ސޯލިހް ޝަކުވާކުރި އެވެ. "މިއީ މިހާރު ކޮންމެ ދުވަހެއްގެ ވެސް ހާލު. ސްޓެލްކޯ އަށް ގުޅީމަ ވާ ގޮތެއް ވެސް އަންގަނީއެއް ނޫން."ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮންނަ ހުޅުމާލެ އިންކަރަންޓް ކެނޑުމުގެ މައްސަލަ އާއްމުކޮށް ދިމާވާތީ، ބައެއް ގެތަކުގެ އިލެކްޓްރޯނިކްސް ސާމާނަށް ގެއްލުން ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ. އާންމު ގޮތެއްގައި މިހާރު ކަރަންޓު ކެނޑެނީ ދުވާލުގެ ވަގުތުތަކުގަ އެވެ. "މިރަށުން ކަރަންޓު ކެނޑިއްޖިއްޔާ އަވަހަށް އަންނަނީއެއް ވެސް ނޫން. ރޭގަނޑު ވެސް ދުވާލުވެސް ކަރަންޓު ދާ ފަހަރަކު ވިއްޔާ އާންމުކޮށް ގަޑިއެއްހާއިރު ފަހުން ކަރަންޓު އަންނަނީ،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ސްޓެލްކޯ އިން ބުނީ މިއަދު ކަރަންޓު ކެނޑުނީ ނޫން ކަމަށާއި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް ކަރަންޓު ކަނޑާލީ ކަމަށެވެ. ކަރަންޓު ކަނޑާލާކަން ކުރިން އަންގާފައިވާ ކަމަށާއި 9:30 އެހާއިރު ކަރަންޓު ކަނޑާލުމަށް ފަހު 11:30 އެހާއިރު ކަރަންޓު ދިން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.ސްޓެލްކޯ އިން ކުރިން ބުނެފައި ވަނީ، ހުޅުމާލެ އިން ކަރަންޓް ކެނޑެނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ