ގެދަބުޅި އަރުވަމުން ދިޔަ އިންޖީނުގެ ނިއްވާލައި އުލިގަމުގައި ޒަމާނީ އިންޖީނުގެއެއްގެ ޚިދުމަތް ދޭން ފަށައިފި

ގެދަބުޅި އަރުވަމުން ދިޔަ އިންޖީނުގެ ނިއްވާލައި އުލިގަމުގައި ޒަމާނީ އިންޖީނުގެއެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
26 އަހަރުވަންދެން ގެދަބުޅި އަރުވަމުން ދިޔަ އިންޖީނުގެ ނިންވާލާފައި ޒަމާންވީ އިންޖީނުގެއިން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިމިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
އައު އިންޖީނުގެއެއްގެ ޚިދުމަތް އެރަށަށް މި ލިބުނީ މީހުން ދިރިއުޅޭ ސަރަހައްދާއި ކައިރީގައި ހުރި އިންޖީނުގޭގެ ޖަނެރޭޓަރުތަކުގެ އަޑުފައްގަނޑުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ތަކްލީފްތަކެއް ދިމާވެފައިވަނިކޮށެވެ.
މީގެ ކުރިން ބޭނުންކުރި ބައު އިންޖީނުގެއަކީ އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުން ޤާއިމްކޮށްފައިވާ އިންޖީނުގެއެވެ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އަލަށް ޤާއިމްކޮށްފައިވާ މި އިންޖީނުގެއާއެކު 250 މެގަވޯޓްގެ ޖަނެރޭޓަރެއްވަނީ ޤާއިމްކޮށްފައެވެ. މީގެ ކުރިން އުލިގަމުގައި ބޭނުންކުރަމުންދިޔަ އިންޖީނުގެއިން ކަރަންޓު ދެމުން އައީ 128 ކިލޯ ވޯޓްގެ 2 ޖަނެރޭޓަރާއި 80 ކިލޯވޯޓްގެ 1 ޖަނެރޭޓަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ