ހުޅުމާލެއަށް 21: ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ ފެންކޮއެ ހަންޓު ފަށައިފި

އެއްވަނަ އަށް ދާ ފަރާތަކަށް 7،000ރ. ގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް ދާ ފަރާތަކަށް 4،000ރ. ގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު ތިންވަނަ އަށް ދާ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ ފެންކޮއެ ހަންޓު ފަށައިފިއެވެ.
އެޗްޑީސީއާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ "ފެންކޮއެ" ހަންޓަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައިވާ ކިއުއާރު ކޯޑުތަކެއް ހޯދައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭގޮތަށް ކުރިއަށްގެންދާ ޑިޖިޓަލް ހަންޓެކެވެ.
މި ހަންޓުގައި ބައިވެރިވެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ވަނީ ކަނޑައެޅިފަ އެވެ. އެގޮތުން، އެއްވަނަ އަށް ދާ ފަރާތަކަށް 7،000ރ. ގެ ފައިސާގެ އިނާމު އަދި ދެވަނައަށްދާ ފަރާތަކަށް 4،000ރ. ގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު ތިންވަނަ އަށް ދާ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލޭގެ އަރަހީ ދުވަހާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ފެށި މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ހަރަކާތުން ވަނަ ލިބޭ ފަރާތްތައް އިއުލާން ކުރުން އޮންނާނީ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް، އެޗްޑީސީން މި މަހުގެ 17 ވަނަ ދުވަހު ބާއްވާ "ބީޗް ފެސްޓް"ގަ އެވެ.ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތައް ފެށީ، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުންނެވެ. ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގެ ތެރެއިން ސްޓޯރީ ފޮޓޯ ވޯކް ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ