އިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިންގެ ގަވާއިދަށް ގެންނަ އިސްލާހަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް ގެންނަ އިސްލާހަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
އިމާރަތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް ގެންނަން ހުށަހަޅާ 7 ވަނަ އިސްލާޙަށް ޚިޔާލު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާފައެވެ.
މި އިސްލާޙަކީ ފަންނުވެރިން ރަޖިސްޓްރީކުރުމުގައި މި ވަގުތު ހުރި ދަތިތައް ޙައްލުކުރުމަށްޓަކައި ގެނެވޭ އިސްލާޙެއްކަމަށް އިމާރަތްކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މުޅި ގަވާއިދު މުޠާލިޔާކުރުމުގެ މަސައްކަތް ކުރިއަށް ރާވާފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް ގެންނަ އިސްލާހުގައި ހިމެނޭ ކަންތައްތަކުގެތެރޭގައި އާންމު ފަންނުވެރިންގެ ކެޓަގަރީގައި ރަޖިސްޓްރީވުމަށް އަމަލުކުރާނެ ގޮތާއި، އަމިއްލައަށް އެދިގެން ވަގުތީގޮތުން ރަޖިސްޓްރީއިން ވަކިވުމުގައި އަމަލުކުރާނެގޮތް ހިމެނެއެވެ.
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދަށް ގެންނަން ފެންނަ ޚިޔާލެއް ނުވަތަ ލަފައެއް އޮތްކަމުގައިވާނަމަ އިމާރަތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ކޮންސްޓްރަކްޝަން ރެގިއުލޭޝަންސް އެންޑް ސްޓޭންޑަރޑްޒް ސެކްޝަނުގެ އީމެއިލް އެޑްރެހަށް ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެ ވުޒާރާއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ