ﷲ ލަޢްނަތް ލެއްވެވި 5 ބާވަތުގެ މީހުން ވެއެވެ! މިއިން ބާވަތެއްގެ ތެރޭގަ ނުހިމެނުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނެ!

އެއްވެސް މީހަކަށް ﷲ ތަޢަލާގެ ލަޢްނަތް ލެއްވެވުން ޙައްޤުވެއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ތިރީގައިވާ ލިޔުމަށް ބައްލަވާށެވެ! 3 އާއި 5 އަށް ބައްލަވާށެވެ! އެއީ ގިނަ ބައަކު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ 2 ކަންތަކެވެ.  
އެބައަކަށް މާތްﷲ ލަޢުނަތް ލެއްވެވި ބައަކުވެއެވެ. 
1 އެއިގެ ތެރެއިން އެއް ބައަކީ މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ޤްރްބާންކުރާ މީހުންނެވެ.  
2 ދީނުގަ ނެތްކަމެއް އަލަށްގެނައި، ބިދުއައެއް ގެނައި މީހެއްގެ މެހްމާންދާރީކަމުގައި ހުރި މީހަކަށް ލައުނަތް ހުއްޓެވެ.  
3 އެމީހެއްގެ މަންމަ އާއި ބައްޕައަށް ލައުނަތްލާ މީހުންނަށް މާތްﷲގެ ލައުނަތް ހުއްޓެވެ.  
4 މާތްﷲ ބިންމަތީގައި ލައްވަވާފައިވާ ހައްދުތައް، މިންތައް ބަދަލުކޮށްފި މީހަކަށް ލަޢުނަތް ހުއްޓެވެ.  
5 ވައްކަން ކުރާމީހާއަށް ލަޢުނަތް ހުއްޓެވެ.  
މާތްﷲ ލައުނަތް ލައްވަވާ މީހުންގެ ތެރޭގައި މީހެއްގެ ކުކުޅުބިހެއް، ވައުގަނޑެއް ފަދަ އެއްޗެއް ވަގަށް ނަގައިގެން އަތްކަނޑައިލެވޭ މީހުން ވެސް ހިމެނެއެވެ. މާނައަކީ ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ވައްކަން ކުރާ މީހާ ހިމެނެއެވެ.  
- އައްޝައިޚް އިއްޒުއްދީން ޢަދްނާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ