ގައުމީ ބީޗްވޮލީ ލީގުގެ ތަށި އެޑަމް އާއި ކުޑަކާއްޓެ އަދި ޒީނިޔާ އާއި އަރީޝާ އަށް ގައުމީ ބީޗްވޮލީ ލީގުގެ ތަށި އެޑަމް އާއި ކުޑަކާއްޓެ އަދި ޒީނިޔާ އާއި އަރީޝާ އަށް

ގައުމީ ބީޗްވޮލީބޯޅަ ލީގު 2025 ގެ ތަށި، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އާއި ފާތިމަތު ޒީނިޔާ (ޒީ) އާއި އައިމިނަތު އަރީޝާ (އަރީ)ގެ ޕެއާ އިން ހޯދައިފި އެވެ.
ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަދި އަރީ އާއި ޒީގެ ޕެއާ އިން ވަނީ، މިދިޔަ ނޮވެމްބަރު މަހު ބޭއްވި މިދިޔަ އަހަރުގެ ގައުމީ ބީޗްވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ޖުމްލަ ހަ ޕެއާ ވާދަކުރި ގައުމީ ބީޗްވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި، ޒީ އާއި އަރީގެ ޕެއާ އިން ނުކުތީ އެންމެ ފަހުން ގައުމީ މުބާރާތުގެ ޗެމްޕިއަންކަން، ހޯދި ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ)ގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން، ޒީ އާއި އަރީގެ ޕެއާ ކުރިހޯދީ 21-18، 21-15 އިންނެވެ.
ގައުމީ ލީގުގެ ދެ ވަނަ ހައްވަ އާއި މާޖީގެ ޕެއާ ދިޔައިރު، ތިން ވަނަ ހޯދީ، ޝަމްހާ އާއި އަނާލްގެ ޕެއާ އެވެ. އެއީ، އައިމިނަތު އިބާ އާއި މާނަ ނާޒިމްގެ ޕެއާ އަތުން 21-10، 21-13 އިން މޮޅުވެގެންނެވެ.
ފިރިހެން ޑިވިޝަނުގައި، ޖުމްލަ އެކު، ނުވަަ ޕެއާއެއް ވާދަކުރިއިރު، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ޕެއާ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 21-14، 21-19 އިންނެވެ.
ފިރިހެން ޑިވިޝަނުގެ ތިން ވަނަ ހޯދީ، އަދްނާން އާއި ޝިމާލްގެ ޕެއާ އެވެ. އެއީ، ހަސަން ނިލާމް އާއި އަލީ އާމިރު އަތުން، މެޗު ފޯފެއިޓްވެގެން ކުރިހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ