ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުޅަށް ހަރަދުވީ 1.4 މިލިއަން ރުފިޔާ!

ހުސްވި ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ޖެނުއަރީމަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ޑރ.މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ އާއްމުކޮށްފައެވެ. ރައީސް އޮފީހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު އެސްޓޯނިއާ ދަތުރަށް ހިނގި ޖުމްލަ ހަރަދަކީ، 1،371،069.18 (އެއް މިލިއަން ތިން ލައްކަ ހަތްދިހަ އެއްހާސް ފަސްދޮޅަށް ނުވަ ރުފިޔާ، އަށާރަ ލާރި) އެވެ.
އެސްޓޯނިއާ ދަތުރުފުޅުގެ ޖުމްލަ ހަރަދު ރައީސް އޮފީޙުން ހާމަކުރިނަމަވެސް އެދަތުރަށް ހިނގާދިޔަ ހަރަދުތަކުގެ ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ޒިޔާރަތްކުރެއްވީ  ޑރ. އަލާރް ކަރިސްގެ ދައުވަތަކަށެވެ. މި ދަތުރުގައި އެސްޓޯނިއާ އާއެކުވަނީ ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާގެ ދާއިރާތަކުން އެއްބަސްވުންތަކެއް ގާއިމްކޮށްފައެވެ.
Advertisement
މިގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި، އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ