ފިޔަވަތީގެ ކުދިންނަށް ދިރާސީ އަހަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ "ފިޔަވަތި" ގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ދިރާސީ އާ އަހަރަށް ބޭނުންވާ ޔުނީފޯމާއި އެހެނިހެން ސާމާނު ހޯދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
އެކަން ހާމަކޮށް މިނިސްޓްރީން ގެޒެޓުކުރި އިއުލާނުގައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފައެވެ.
މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަން ޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން eportal.msfd.gov.mv ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި އިއުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީގައި ކުރިއަށްދާނެއެވެ.
މިނިސްޓްރީން ބުނީ އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ. އަދި ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލް ކުރުމުންވެސް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ