ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް، އިތުރު ބައެއް އަތުން އޭނާ ފައިސާ ހޯދާފައިވޭތޯ ބެލުމަށް ފުލުހުން އޭނާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ހއ. ކެލާ، ގަހާ، އާދަމް އިރުޝާން ކަމަށެވެ. އޭނާ އެކި މީހުންނާ މުއާމަލާތް ކުރީ "ކެލާ އަހުމަދު" ގެ ނަމުގައި ކަމަށް ވެސް ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އާދަމް އިރުޝާން މަކަރާއި ހީލަތުން އެއްވެސް މީހެއް އަތުން ފައިސާ ހޯދާފައިވާނަމަ، އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ނަންބަރު 4005022 ނުވަތަ 9791462 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.
މަކަރާއި ހީލަތުން މީގެ ކުރިން ވެސް އެކި މީހުން ފައިސާ ހޯދާ މައްސަލަތަކުގައި އެކަމުގެ ޝިކާރައަކަށްވެފައިވާ އިތުރު މީހުން ދެނެގަތުމަށް ފުލުހުން އިއުލާން ކޮށްފައިވެ އެވެ.
އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށް، އިތުރު ބައެއް އަތުން ފައިސާ ހޯދިތޯ ބަލަނީ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށް، އިތުރު ބައެއް އަތުން ފައިސާ ހޯދިތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ