ކޮންމެ އަހަރަކު ދައުލަތުން ހަރަދުކޮށްގެން ހިންގާ މުއައްސަސާތަކުން ހުށަހަޅަން ޖެހޭ އަހަރީ ރިޕޯޓު މި ފަހަރު ރައީސް އޮފީހުންނާއި ހަތަރު މިނިސްޓްރީއަކުން ހުށަހަޅާފައި ނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގައި ބުނާ ގޮތުން އެއީ ކޮންމެ އަހަރެއްގެ 31 ޖެނުއަރީއަށް ހުށަހަޅަން ޖެހޭ ރިޕޯޓެކެވެ.
ތަފްސީލް - އައިކޮމް އިން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓްގައިވާ ގޮތުން ރިޕޯޓް ހުށަނާޅާ ސަރުކާރުގެ މައި އިދާރާތަކަކީ:
ރައީސް އޮފީސް
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންސް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
އައިކޮމް އިން ބުނި ގޮތުގައި، ސަރުކާރުގެ މައި އިދާރާތަކުގެ ތެރޭގައި ބަލަނީ ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީތަކެވެ.
ފާހަގަކޮށްލެވޭ - ދައުލަތުގެ އިދާރާތަކުން ރިޕޯޓް ފޮނުވަން ޖެހޭ ސުންގަޑި ހަމަވިއިރު ރިޕޯޓް ފޮނުވީ 383 އިދާރާއަކުން ކަމަށް އައިކޮމް އިން ބުންޏެވެ. އެއީ ޖުމުލަ އިދާރާތަކުގެ އެންމެ %40 އެވެ.
އައިކޮމަށް ރައީސް އޮފީހުންނާއި 4 މިނިސްޓްރީއަކުން އަހަރީ ރިޕޯޓް ހުށަނާޅާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ