ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ މަނިކުފާނު އެގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 1-56 ވަނަ މާއްދާގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު ނެރުއްވި، ޤަރާރަކުންނެވެ.
ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.
މިގޮތަށް ނިންމެވުމުން ކައުންސިލަށް ކަނޑައަޅާފައިވާ އިހްތިސާސްގެ ތެރޭގައި ރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭނަމަ އެކައުންސިލެއްގެ އިހްތިސާސުން އެރިޒޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިވެގެންދާނެއެވެ. އަދި ފަޅު ރަށުގެ ބައެއް ދެ ކައުންސިލްގެ އިހްތިސާސަށް ވަންނަނަމަ އެފަޅު ރަށެއްގެ އިހްތިސާސް އެދެ ކައުންސިލްގެ އިހްތިސާސުން ވަކިވެގެންދާނެއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް ދެކުނުގެ ތިން އަތޮޅުގައި ފަށައިފި ހައްދުންމަތިން ފެށިގެން އައްޑުސިޓީއަށް ވައިޓް އެލަރޓް ނެރެފި ކަށީގެ ޑޮކްޓަރު ޑރ. އާޒިމް ލ. އަތޮޅުގައި ބަލިމީހުން ބައްލަވަނީ މޫސުން ގޯސްވެ ދެކުނަށް ރީނދޫ ސަމާލު ނެރެފި މަގުބޫލު ލިޔުންތައް ގއ. އަތ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ