އަނބިމީހާގެ ބޭނުން ފުއްދައި ނުދެވޭނަމަ އޮތީ ދޫކޮށްލުން!

ކައިވެނީގެ މަގްޞަދު ތަކުގެ ތެރޭގައި ދެމަފިރިން ވެސް ޢިއްފަތްތެރިވުން ހިމެނެއެވެ. ވުމާއިއކު، އަނބިމީހާގެ ޖިންސީ އެދުންވެރިކަން ފުއްދައި ދިނުމަކީ ފިރިމީހާގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.
މިކަންނުކޮށްދެވެނީ ކަމަށްވަނީ ނަމަ، އަނބިމީހާ ހިފަހައްޓާފައި (ދޫކޮށްނުލާ) ބަހައްޓައިގެން ނުވާނެއެވެ. އަދި މިގޮތުގައި ހަތަރުމަސް ވޭތުވެއްޖެނަމަ ކައިވެނި ފަސްޚުކޮށްދިނުން އެދި ހުށަހެޅުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ. އަދި މިފަދަޙާލަތެއްގައި ފިރިމީހާ ވަރިކޮށްނުދީފިނަމަ، ކައިވެނި ރޫޅާލުމުގެ ޙައްގު ގާޟީ އަށް ލިބިގެންވެއެވެ. واللهتعالىأعلم. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޞިއްޙީ މައްސަލއަކާއި ގުޅިގެން މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ބޭސްފަރުވާކުރަންވާނެއެވެ. ނަމަވެސް އޮތީ ބާރުގަދަ ބޭސްތައް ކެއުމެއް ނޫނެވެ. ޑޮކްޓަރުންގެ ލަފާގެމަތިން ޞިއްޙަތަށް ފައިދާކުރާނެ ބޭސްކެއުމެވެ.
ހަމައެއާއިއެކު ތިމާއަކީ އެފަދަ ޙާލެއްގައި ހުރި މީހަކުކަން އެނގިހުރެ ކައިވެނިކުރަންވާނީ އެކަން އަންހެން މީހާއަށް ބަޔާންކޮށްދިނުމުންވެސް އޭނާ ރުހިޤަބޫލުވާނަމަ ކަމަށް ޢިލްމްވެރިން ބަޔާންކުރައްވައެވެ. ސަބަބަކީ ކައިވެންޏަސްފަހު އެކަން އެނގުމުން ވަކިވާންޖެހުމަކީ އަންހެން މީހާއަށް ދެވޭ އަނިޔާއަކަށްވާތީއެވެ.
ޝައިތާނާގެކިބައިން ރައްކާތެރިވުމަށް ފާޚާނައަށް ވަންނަ ކޮންމެ ފަހަރަކު ދުޢާވެސްކިޔަމެވެ. އެކަމުވެސް ބައެއް ފަހަރު ވުޟޫކުރިއަސް ވުޟޫކުރާކަން ހަނދާންނެތޭފަހަރު އެބައާދެއެވެ. ނަމާދުކުރާއިރުވެސް ކިޔާތަކެތި ކިޔޭކަން ނޫނީނުކިޔޭކަން ހަނދާން ނެތެއެވެ. ނަމާދުގެ ފަހުގައި ފަލަޤް އަދި ނާސިސޫރަތްވެސް ކިޔަވަމެވެ. މިކަމުން ސަލާމަތްވުމަށް އެހެން ޚާއްޞަ ދުޢާއެއްއޮވޭތޯއެވެ؟
މިކަމުގައި އޮތްފަރުވާ އަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. ޝައްކުތައް ދޫކޮށްލުމެވެ. ކޮންމެ ކަމަކަށްވެސް އެދި ދުޢާ ކުރެވިދާނެއެވެ. واللهتعالىأعلم.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ