މާލެ އިން ފިރިހެނަކު ގެއްލިގެން ހޯދަނީ

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާއިލާއަށް ހަބަރެއް ނުވެގެން މީހަކު ހޯދަން ފުލުހުން އާންމުކޮށްފި އެވެ.ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަނީ ނ. މަނަދޫ، ރީހުއްސަބާ، އަބްދުﷲ ޝިހާދު، 37، ކަމަށެވެ. އޭނަގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު 4:41 ގައި ކަމަށާއި އޭގެ ފަހުން ޝިހާދުގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓްކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ އޭނަ އަކީ މާލޭގައި ދިރިއުޅޭ މީހެއް ކަމަށެވެ.ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ