މި އަހަރު ރާއްޖޭގެ އިގްތިސޯދު %6.4 އިން ކުރިއަރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހަލުވި ވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - މި އަހަރު ރާއްޖޭގެ އިގްތިސޯދު %6.4 ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވެސް ވަނީ އިތުރުވެފަ އެވެެ. އެގޮތުން، ރައީސް ވިދާޅުވީ:
މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވްގައި 673.2 މިލިއަން ޑޮލަރު ހުރި
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު %14 އިތުރު އަދަދެއް
"އުންމީދީ އަންދާޒާއަކީ
އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ހަރަދުތައް
އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އެ މަނިކުފާނުގެ އިގްތިސޯދީ ސިޔާސަތުގެ އެންމެ މުހިއްމު އަމާޒު ކަމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން އެވްރެޖްކޮށް އިތުރުވެފައިވަނީ %0.8ގައި ކަމަށާއި އެއީ %2.9 ދަށް އަދަދެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިގުތިސޯދީ ހާލަތު ބަދަލުވަމުންދާ ގޮތަށް
ބަލައި މިއަހަރު ވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ އިރާދަކުރެއްވިއްޔާ
ހިފެހެއްޓޭނެ. އެކަމުން ރައްޔިތުންގެ
ހަރަދުބަރަދަށް ލުއިކަން ލިބި، އާންމު ތިޔާގި ކަމަށް މަގުފަހިވާނެ،" ރައީސް ވިދާޅުވި އެވެ.
މދިޔަ އަހަރުގެ ރޯދަ މަހު ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ވެސް ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް
އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މިއަހަރު އިގްތިސޯދު %6.4ގައި ކުރިއަރާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ