އޯޝަން ސިކްސް ފިފްޓީން ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށް 'އެކްރޮސް މޯލްޑިވްސް'ގެ ނަމުގައި ހިންގާ ޑައިވް ހަރަކާތުގެ
އެކްސްކްލޫޒިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ޑައިވް ހަރަކާތުގައި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ފެށިގެން އެންމެ ދެކުނާ ހަމައަށް ފީނާނެ އެވެ.
ތަފްސީލް - މި ޑައިވް ކުރުމަށް ތައްޔާރުވަމުން ދަނީ، 2022 ވަނަ އަހަރު މެދުނުކެނޑި 50 ގަޑިއިރު ޑައިވްކޮށް އޭޝިއާގެ އެންމެ ދިގު ސްކޫބާ ޑައިވްގެ ރެކޯޑް ހަދާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނަސީމް އެވެ.
'އެކްރޮސް މޯލްޑިވްސް' ހަރަކާތުގެ ތެރެއިން ދުނިޔޭގެ ދެ ރެކޯޑު
ހެދުމަށް މަސައްކަތް ކުރާނެ އެވެ.
މިކަން ކުރަން ހަމަޖެހިފައިވަނީ
ދެ ފިޔަވައްސަކަށް ބަހާލައިގެން
ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެއިން މާލެއަށް، 14 ކިލޯމީޓަރުގެ ފީނައިގެން ރެކޯޑު ހަދަން މަސައްކަތް ކުރާނެ
ދެވަނަ ރެކޯޑު ހެދުމަށް މަސައްކަތްކުރާނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާ ހަމައަށް، 460 ކިލޯމީޓަރުގެ ފީނައިގެން
މި ހަރަކާތުގެ މަގުސަދަކީ، ރާއްޖޭގެ
ކަނޑުތަކުގެ ރީތިކަން ދުނިޔެއަށް ދައްކާލައި ރާއްޖޭގެ ތިމާވެއްޓަށް
ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުން
މި ހަރަކާތުގެ އެހީގައި، މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކޮށްފައިވާ
އަސަރުތައް ދެނެގަނެ، އެ ކަމުގެ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ވެސް ވަނީ
ހަމަޖެހިފައި
ބުނީ ކީކޭ؟ - ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން
ވިދާޅުވީ ދިރާގުގެ ސީއެސްއާރު ހަރަކާތެއް ކަމަށްވާ 'ކެއާ ފޯ ދި އޯޝަންސް'ގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު
ހިމާޔަތްކޮށް، ބެލެހެއްޓުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
"މި
ގޮތުން، ޝަފްރާޒް އާއި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން މި ހިންގާ މުހިންމު
ހަރަކާތުގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ
ކަމެއް. އަދި މި ހަރަކާތުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ
ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުވެ، އަންނަން އޮތް
ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހަރަކާތްތައް
ހިންގުމަށް ބާރު އެޅިގެންދާނެކަމަށް އުންމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވީ ދިރާގުން އަބަދުވެސް
މަސައްކަތް ކުރަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މި ފަދަ
މުހިންމު ހަރަކާތްތަކަށް ހިތްވަރުދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފޯރުކޮށްދެވެން
ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ފާހަގަ ކުރެވޭ - ދިރާގަކީ އަބަދުވެސް، ތިމާވެށި ރައްކާތެރިކުރުމަށް އަދި މޫސުމަށް އަންނަ
ބަދަލުތަކުގެ ހައްލު ހޯދުމަށް ރާއްޖޭގައި ހިންގާ މި ފަދަ ހާއްސަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ކަންކަމުގައި
އަމަލީ ގޮތުން ބައިވެރިވަމުންދާ ކުންފުންޏެކެވެ.
ދިރާގުން 'އެކްރޮސް މޯލްޑިވްސް'ގެ ޑިޖިޓަލް ޕާޓްނަރަކަށް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ