ރެޝްފޯޑް ދެން ވިލާ ޖޯޒީގައި ނުފެނިދާނެ ރެޝްފޯޑް ދެން ވިލާ ޖޯޒީގައި ނުފެނިދާނެ

ބާމިންހަމް (އޭޕްރީލް 29) - ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑަށް ދިމާވި އަނިޔާގެ ސަބަބުން ސީޒަނުގެ ބާކީ ބައިގައި ނުކުޅެވުމުގެ ބިރު ބޮޑުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް، 27، އެސްޓަން ވިލާ އަށް ބަދަލުވީ، ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، ވިލާގެ ލޯން އެއްބަސްވުން ނިންމާލިޔަސް، ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ގޮސް އަމޮރިމްގެ ކޯޗުކަމުގައި ކުޅުމުގެ ފުރުސަތު ކުޑަ އެވެ.
ރެޝްފޯޑްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު، އަނިޔާގެ ސަބަބުން، ވިލާ އިން އެފްއޭ ކަޕް ސެމީ ފައިނަލުގައި ކްރިސްޓަލް ޕެލަސްއާ ކުޅުނު މެޗު ގެއްލުނެވެ. ރެޝްފޯޑަށް އަނިޔާއިން ރަނގަޅުވެ، ސީޒަން ނުނިމެނިސް އެނބުރި އާދެވުނަސް، އޭނާ އަށް މިހާރު އޮތް އެއްބަސްވުމުގެ ދަށުން އެންމެ ފަހުން ކުޅެވޭނެ މެޗަކީ، އަންނަ މަހު 18 ވަނަ ދުވަހު ވިލާ އިން ޓޮޓެންހަމް ހޮޓްސްޕާސްއާ ކުޅޭ މެޗުގަ އެވެ.
ވިލާ އިން ސީޒަން ނިންމާ މެޗުގައި މި ފެށޭ މަހު 25 ވަނަ ދުވަހު ޔުނައިޓެޑާ ކުޅޭއިރު، އެ މެޗުގައި ރެޝްފޯޑަށް ނުކުޅެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ