އެންޓިބަޔޮޓިކެއްގެ ފޭކު ބެޗެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ

އިންޑިއާގެ ކުންފުންޏަކުން އުފައްދާ އެންޓިބަޔޮޓިކެއްގެ ހަތަރު ބެޗެއްގައި މައްސަލައެއް އުޅޭކަން ފާހަގަވެފައިވާތީ އެކަމަށް ސަމާލުވާން އެދެފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން ބުނީ، މެކްސްހީލް ފާމަސޫޓިކަލް އިންޑިއާ ލިމިޓެޑުންް އުފައްދާ އެމޮކްސިސިލެން ކެޕްސޫލްގެ ފޭކު ހަތަރު ބެޗެއް ބައެއް ގައުމުތަކުގައި ދައުރުވަމުންދާ ކަމަށެވެ.
ތަފްސީލް - ކެމަރޫން އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި މައްސަލަ ޖެހިފައިވާ ކަމަށް ފާހަގަވި ހަތަރު ބެޗުގެ ބޭސް ދައުރުވަމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އަންގާފައިވާ ކަމަށް ވެސް އެމްއެފްޑީއޭން ބުންޏެވެ.
އެމްއެފްޑީއޭން ބުނީ މި ޑަބްލިއުއެޗްއޯގެ އެންގުމާ ގުޅިގެން ބެލިބެލުމުން މިބޭހުގެ އެއްވެސް ބެޗެއް ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ