ޒަމާނީ، އިސްލާމީ އިލްމު އާލާކުރާނެ ގޮތުގެ ތަސައްވުރެއް ރައީސް މުހައްމަދު މުއިއްޒު ހިއްސާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގައި ވަނީ ތަގުރީރުކުރައްވައިފަ އެވެ.
އައިއައިޔޫއެމްއިން 'އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް'ގެ ދާއިރާއިން އެ މަނިކުފާނަށް ޑޮކްޓާ އޮފް ފިލޯސޮފީގެ އޮނަރަރީ ޑިގްރީއެއް ވަނީ އަރުވާފަ އެވެ.
ތަފްސީލު - އެ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު 'އިންޓެލެކްޗުއަލް ރެނޭސަންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑާން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން' މައުލޫއުއަށް ދެއްވި ތަގުރީރުގައި ރައީސް ވަނީ، އިސްލާމީ އުންމަތުގެ ފަހުރުވެރި، ސައިންސްވެރިކަމުގެ މީރާސް (ލެގަސީ) ދިރުވައި އާލާކުރުމަށް ގޮވާލައްވާފަ އެވެ.
އެމަނިކުފާނު ވަނީ އެ ދާއިރާގައި އިސްލާމީ ތާރީހުން ފެންނަން ހުރި ކާމިޔާބީތަކަށް އިޝާރާތްކުރައްވައި، ކުރިމަގުގައި ހޯދިދާނޭ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން އިސްލާމީ ހަޟާރާތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ގަރުނާއި 14 ވަނަ ގުރަނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަގްވާމީ އުފެއްދުންތެރިކަމާއި އިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ހަޟާރާތުންކަން އެމަނިކުފާނު ހަނދާންކޮށްދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭރު އިލްމު އުނގެނުމަކީ މުގައްދަސް ޒިންމާއެއް ކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި ކުތުބުހާނާތަކާއި ހަސްފަތާލުތަކާއި ޔުނިވާސިޓީތަކުގެ ވިއުގަތައް ހުރީ ގާއިމުކޮށްފަ އެވެ.
ޒަމާނީ، ފިކުރީ ނަހަޟާއެއް (ރެނޭސަންސް)ގެ ހުޅުކޮޅު ރޯކުރެވޭނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކުގަ އެވެ. އަދި އެކަން ކުރުމަށްޓަކައި އިންވެސްޓުކުރަން ޖެހޭ ކަންތައްތަކަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި:
ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތައް
ދިރާސާކުރާ މުއައްސަސާތައް
ޑިޖިޓަލް ޕްލެޓްފޯމުތައް
އޭގެ އިތުރުން ސައިންސާއި އަގީދާއަކީ ތައާރުޒުވާ ދެ ބަހާކަމުގައި ކުރާ ކުށްހީއަށް ގޮންޖައްސަވައި، ރައީސް ވިދާޅުވީ އެއީ ކުރިއެރުމުގެ ބިންގާ ކަމަށެވެ.
ޒަމާނީ އިސްލާމީ އިލްމު އާލާކުރާނެ ގޮތުގެ ތަސައްވުރެއް ރައީސް ހިއްސާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ