ކެފޭއެއްގައި ދެ ބީދޭސިންގެ މެދުގައި މާރާމާރީއެއް ހިނގައިފި، ނޭޕާލް މީހަކު ހައްޔަރަށް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިނގައި، ނޭޕާލް މީހަކު މިރޭ ހައްޔަރުކޮށްފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް މިރޭ 10:08 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާރާމާރީ ހިނގާފައި ވަނީ، ނޭޕާލާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންގެ ދެމެދުގައެވެ. ފުލުހުން ބުނީ، ބަންގްލަދޭޝް މީހާއަށް މާރާމާރީގައި އަނިޔާވި ކަމަށެވެ. ނަމަވެސް، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. މި މައްސަލައާ ގުޅިގެން ނޭޕާލް މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ބިދޭސީންގެ މެދުގައި ދެބަސްވުންތައް ހިނގައިގެން ދޭތެރެއަކުން މާރާމާރީތައް ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ