ފެތުމުގެ މުބާރާތުން އަފީފުއްދީން ސްކޫލަށް ގިނަ ކާމިޔާބީތަކެއް

އަފީފުއްދީން ސްކޫލް ސްކޫލްގެ ދަރިވަރުންނަށް މިދިޔަ އަހަރު ބައިވެރިވި މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ކާމިޔާބީތައް ހޯދުނީ ފެތުމުންގެ މުބާރާތުންނެވެ.
އިތުރު ހަރަކާތްތަކުން ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަފީފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރުގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކުރައްވައި އެދާއިރާއިން ކާމިޔާބީތަކެއް ހޯދާފައިވާ އަހުމަދު ދާއޫދު (ޑޭވިޑް) އެވެ.
59 ދަރިވަރުން އެކި މުބާރާތްތަކުގައި ވާދަކޮށް 30 ރަން މެޑަލް އާއި 32 ސިލްވަރ އަދި 17 ބްރޮންޒް މެޑަލް ހޯދި އެވެ. އޭގެ ތެރެއިން ވާދަކުރި މުބާރާތްތަކުގެ ތެރެއިން އެކި ހީޓްތަކުން އެއްވަނަ 25 ދަރިވަރަކު ހާސިލްކުރި އެވެ.
އެ ސްކޫލުން މިދިޔަ އަހަރު ވާދަކޮށް އިނާމު ވަނަ ހޯދި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ އިންޓަރ ހައުސް ފެތުމުގެ މުބާރާތާއި ބާސްކެޓް ބޯޅަ ޖޫނިއަރ ޗެމްޕިއަންޝިޕާއި ނަޞްރުގެ ދުވަހުގެ ކުރެހުމުގެ މުބާރާތާއި އިންޓަ ސްކޫލް ގުރުއާން މުބާރާތެވެ.
މީގެ އިތުރުން ނެޝަނަލް ކެޑޭޓް ކޭމްޕާއި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް އަދި ލިޓްލް މެއިޑް ސިކްސާސް ކޭމްޕް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ