ފަތުރުވެރިކަމުގައި ދިގު މުއްދަތެއްވީ 4 ބޭފުޅަކަށް ހާއްސަ ޝަރަފެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ 4 ފަރާތަކަށް ހާއްސަ ޝަރަފެއް، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި މިރޭ ދީފި އެވެ. 
ވީ ކިހިނެއް؟ - މި ޝަރަފް ދިނީ، ރާއްޖޭގެ އެންމެ މަގުބޫލް ހޮސްޕިޓިލަޓީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސް އިން ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަރުގެ ދަށުން ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައި މިރޭ ބޭއްވި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގަ އެވެ.
ތަފްސީލް - 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޑެޑިކޭޓެޑް ސާވިސް އެވޯޑް' ލިބިވަޑައިގަތް ބޭފުޅުންނަކީ:
ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް
ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު
ވިލާ ރިސޯޓްސްގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް
50 އަހަރުގެ ހިދުމަތަށް ފަހު، ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުން މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނު
މި ހަތަރު ފަރާތަކީވެސް ހޮސްޕިޓަލިޓީ ދާއިރާގައި ތަފާތު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ.
ކަނޑޫމާ ރިސޯޓުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ ގާޑްނަރެއްގެ ގޮތުގައި
އޭގެ ފަހުން އެފްއެންޑްބީ، މެރިން އޮޕަރޭޝަންސް އަދި ހައުސްކީޕިން ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާފައިވޭ 
ކަނޑޫމާގައި މިހާރު 38 އަހަރު ވަނީ ހޭދަކުރައްވާފައި
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ފެއްޓެވީ 1979ގައި ބަނޑޮހުގެ ޕަވަހައުސް ޑްރައިވަރެއްގެ ގޮތުގައި 
އޭގެ ފަހުން އިންޖިނިއަރިން ދާއިރާގައި ކުރިއަރަމުން ގޮސް 2001ގައި އިންޖިނިއަރިން މެނޭޖަރުގެ މަގާމާ ހަމައަށް ވަޑައިގެންނެވި 
އޭނާގެ ލީޑަޝިޕްގެ ދަށުން ބަނޑޮހުގައި ވަނީ ގިނަ މަޝްރޫއުތަކެއް ހިންގަވާފައި
މި އަހަރަށް 50 އަހަރުވީ ހިދުމަތްތައް ފެއްޓެވީ 1970ގެ އަހަރުތަކުގައި ލޯންޗު އޮޕަރޭޝަންސްގައި 
އޭގެ ފަހުން ކުރުނބާ، ލޮހިފުށި އަދި ކޮކޯ ޕާމް ދުނިކޮޅު ފަދަ ރިސޯޓުތަކުގައި އެފްއެންޑްބީ ދާއިރާގައި މަސައްކަތް ކުރެއްވި 
އެންމެ ފަހުން މަސައްކަތް ކުރެއްވީ ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރެއްގެ ގޮތުގައި
ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1992ގައި ވިލާ ގްރޫޕްގެ ރިޒަވޭޝަން ސިސްޓަމް ތައްޔާރުކުރުމުގެ މަސައްކަތުގައި ސޮފްޓްވެއާ ޑިވެލޮޕަރެއްގެ ގޮތުގައި 
އޭގެ ފަހުން އޭނާގެ ދައުރު ސޭލްސް އަދި މާކެޓިންއަށް ފުޅާވެގެން ދިޔަ 
ޗައިނާ އަދި އިންޑިއާ ފަދަ މުހިންމު މާކެޓްތައް ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި 
ރާއްޖޭގެ ޓުއަ އޮޕަރޭޓަރުން ކުރިއެރުވުމަށް އެހީތެރިވެވަޑައިގެންނެވި
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެ އެވެ.
މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ހިދުމަތްތަކަށްދޭ ހަމައެކަނި އެވޯޑް ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)
ޑިޖިޓަލް ޕާޓްނަރު: ދިރާގު
ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
އެސޯސިއޭޓް ސްޕޮންސަރުން: އެލިއާ އިންވެސްޓްމަންޓްސް އަދި މެޓަލްސައިންސް
އޯގަނައިޒިން ޕާޓްނަރު: ސްޓޯމް އިވެންޓްސް/ތިންކް މޯލްޑިވްސް
މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ
ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ، އިކިބާނާ މޯލްޑިވްސް އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ