ފްލެޓްގެ ލިސްޓަށް 8600 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި

4000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 8600 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ޝަކުވާތަކާއި، އާންމުކޮށް ހުޅުވާލި ފުރުޞަތުގައި އީމެއިލުންނާއި ސިޓީގެ ޒަރީޢާއިން އާންމުންާންމުން ހުށަހަޅާފައިވާ ޝަކުވާތަކެވެ.ވުޒާރާއިން ދިން ތަފްޞީލު މަޢުލޫމާތުގައިވާ ގޮތުން، ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5236 ޝަކުވާ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވާކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެއެވެ. މިހާ ގިނަ އަދަދެއްގެ ޝަކުވާތައް ލިބުމާ ގުޅިގެން، ވުޒާރާއިން އަދި އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ޝަކުވާތައް ބަލައި، އެކަށީގެންވާ ފިޔަވަޅުތައް އަޅާނެކަމަށް އުއްމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ