މުޖުތާޒް ސީއެސްސީއަށް އައްޔަންކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް މުހައްމަދު މުޖުތާޒް، މއ. ސިގްމާ، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މުޖުތާޒަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ. މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެން ޝަހީދެވެ.
ތަފްސީލް - އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި މުޖުތާޒް އައްޔަން ކުރަން ރުހުން ހޯދުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހު 7 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗެލާ އޮފް ލޯ ހާސިލް ކުރެއްވި
ރައީސް އޮފީހުގެ ސްޓޭޓު މިނިސްޓަރުކަން ކުރެއްވި
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ