އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް އެއް
މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ.
ބީންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތްގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މ. އަތޮޅުގެ ހަތް ރަށުގައި ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ގާއިމްކޮށްފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މ. އަތޮޅުގެ ހުރިހާ ރަށެއްގައިއޭޓީއެމްގެ ހިދުމަތް ފަށައި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ އަޅުގަނޑުމެން ނަށް ލިބޭ ފަހުރެއް ކަމަށެވެ،
"ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރ.ޭ ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުނ.ް އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިންގ އަދި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދ،ީ ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުން ދާނަން، ޝަރީފު ވިދާޅުވި އެވެ.އެމްޑީ ޝަރީފް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް އެއްމިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާ ކުރަމުން ގެންދާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މީމުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ