މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާއިން ދިވެއްސަކު ގެއްލިފައިވާކަމުގެ ހަބަރު އެ މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
"މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ކިޔާ ދިވެއްސެކެވެ.
އޭނާ ގެއްލުނީ ކިހިނެއްވެގެން ކަމެއް އަދި މިހައިތަނަށް ސާފެއް ނުވެ އެވެ.
މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދަނީ މެލޭޝިއާއިން ދިވެއްސަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ