ހުޅުމާލެ ފޭސް ދޭއްގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ލިފްޓްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާނުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާއްމުކުރި އިއުލާނެއްގައި ވަނީ ވިނަރެސް 10 ފްލެޓްގައި ހިމެނޭ ލިފްޓްތައް މަރާމާތުކޮށް ބަލަހައްޓައިދޭނޭ ބަޔަކު ހޯދުމަށް އާއްމުކޮށް އިއުލާނުކޮށްފައެވެ. މި އިއުލާނުގައިވާގޮތުން ލިފްޓްތައް މަރާމާތުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ، މިމަހުގެ 10 ވަނަ ދުވަހުއެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި މިމަހުގެ 18 ވަނަ ދުވަސް ކަނޑައަޅާފައިވާއިރު، ބިޑުތައް ކެނޑުމަށްވެސް ނިންމާފައިވަނީ އެދުވަހުއެވެ.
Advertisement
ވިނަރެހުގައި 10 ޓަވަރު ހުންނައިރު، އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުންނަ 2 ލިފްޓާއެކު، ޖުމްލަ 20 ލިފްޓް ހުރެއެވެ. 13 ފަންގިފިލައަށް އިމާރާތްކޮށްފައިވާ ވިނަރެހުގައި 1344 ހައުސިންގ ޔުނިޓް ހިމެނޭއިރު، މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.
ވިނަރެހުގެ ލިފްޓްތައް މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ބަޔަކު ހޯދަން އިއުލާނުކުރިއިރު، ހިޔާގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. ހިޔާގައި ޖުމްލަ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރެއް ބިނާކޮށްފައިވަނީ 25 ފަންގިފިލައަށެވެ.
ވިނަރެސް ފްލެޓްތަކުގެ ލިފްޓްތައް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ