މަތީ ތަޢުލީމަށް 1.26 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

ފާއިތުވި އަހަރު މަތީ ތައުލީމަށް 1.26 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުންނެވެ. ރައީސް ވިދާޅުވީ، ދިވެހި ދަރިވަރުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަކީ އަދި އެ ދަރިވަރުންގެ ޢިލްމީ ފައިދާ ދިވެހި ޤައުމަށް ލިބުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.
އެހެންކަމުން ދިވެހި ކިޔަވާކުދީންގެ ތަޢުލީމަށް ހުރިހާ އުމުރުފުރާއެއްގައި ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިވާހަކަ ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެ ގިނަ ދަރިވަރުންގެ މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދީފާވާނެކަމަށެވެ.
"ފާއިތުވި އަހަރު ޖުމުލަ 15300 އަށްވުރެގިނަ ދަރިވަރުންގެ މަތީ ތަޢުލީމު ހާސިލުކުރުމަށް 1.26 ބިލިޔަން ރުފިޔާގެ މާލީ އެހީ ދެވިފައިވޭ. އަދި ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ވަނީ ދެވިފާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރު މުއްދަތުގެ ތަމްރީނުތަކަށް 1000 ފުރުސަތު ދީފައިވާނެކަމަށެވެ. އަދި 640 އަށްވުރެ ގިނަ ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދެއްވިކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސަރޗް ގްރާންޓްފަންޑެއް ގާއިމްކުރެވިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރިސާޗްކައުންސިލެއް އުފައްދައި، ރިސާޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ދިރާސާއާއި މަތީ ތަޢުލީމަށް ފަހިކުރުމަށް ޓަކައި ހުޅުވާލެވިފައިވާ މި ފަދަ ފުރުޞަތުތަކުގެ ތެރޭގައި ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ އިރު ދަރިވަރުންނަށް ދިމާވާ ޑޮލަރު ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުން ވެސް ހިމެނޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރާއްޖޭން ބޭރުގައި ތިބޭ ދަރިވަރުންގެ ކާޑު ލިމިޓު 1200 އެމެރިކާ ޑޮލަރަށް އިތުރުކުރެއްވިކަމަށް ވެސް ވިދާޅުވެ، ސަރުކާރުން މަތީ ތައުލީމަށާއި، މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަބަދުވެސް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ