ބޮޑު ސަރަހައްދަކުން މާދަމާ ކަރަންޓް ކެޑިދާނެ: ސްޓެލްކޯ

މާލޭ ސަރަހައްދުގެ ބޮޑު ބަޔަކަށް މާދަމާ ( ހުކުރު ދުވަހު ) ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާދަމާ ( ހުކުރު ) ދުވަހު ހެނދުނު ހުޅުމާލޭ އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ގްރޭޓާ މާލޭ އިންޓަނޭޝަނަލް ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެ ކުންފުނިން ނިންމާފައިވާތީ ސްޓެލްކޯއިން ބުނިގޮތުގައި އެކި ސަރަހައްދުތަކަށް މާދަމާ ކަރަންޓު ކެނޑިގެން ދިޔުން އެކަށީގެންވެއެވެ. އެގޮތުން ކަރަންޓު ކެނޑިގެންދާނީ މާދަމާ ހެނދުނު 6:00 އުން 7:00 އާއި ދެމެދު ކަމަށް ސްޓެލްކޯއިން ނެރުނު އިއުލާނުގައި ވަނީ ބުނެއެވެ. އަދި އޭގެއިތުރުން އެގަޑީގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިދުމަތް މިހާރަށްވުރެން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވައި ކަމަށް ސްޓެލްކޯއިން އަބަދުވެސް ބުނެއެވެ. ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ ކަންކަމުގެ ތެރެއިން ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަންބަރެއްވެސް ވަނީ ތަޢާރަފްކޮށްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ