ލަވާޒާ ގްރޫޕަށް ބައިނަލްއަގުވާމީ ރަން ވަނައެއް

ދުނިޔޭގެ މަޝްހޫރު ކޮފީ ބްރޭންޑް، ލަވާޒާ ގްރޫޕުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ރަން ވަނައެއް ހާސިލްކޮށްފި އެވެ.
އެ ކުންފުންޏަށް މި ޝަރަފު ލިބިފައިވަނީ ދުނިޔޭގެ އެކި ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާ އަދި ތިމާވެއްޓާ ރައްޓެހި މިންގަނޑުތައް ވަޒަންކުރާ އިކޯވާޑިސް ރޭޓިންގެ ފަރާތުންނެވެ.
MU STORE
Enterprise Development Industrial Pvt Ltd
MU STORE
ލަވާޒާ ގްރޫޕުން މި އަހަރު ހާސިލްކުރި މި ގޯލްޑް މެޑަލް ރޭޓިންއާއެކު، އެ ކުންފުނި މިހާރު ހިމެނިފައިވަނީ އިކޯވާޑިސްއިން މިންކުރާ ދުނިޔޭގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައެވެ.
މިއީ އެ ކުންފުނިން ވިޔަފާރި ހިންގުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އިކޯވާޑިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކުންފުނިތަކުން ތިމާވެއްޓަށް ދޭ ސަމާލުކަމާއި، މަސައްކަތްތެރިންގެ ހައްގުތަކާއި، ވިޔަފާރީގެ އަހުލާގީ މިންގަނޑުތަކުގެ އިތުރުން މުދާ ހޯދުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތައް ވަޒަންކުރާ އެންމެ އިތުބާރު ހުރި އެއް އިދާރާ އެވެ. އެ އިދާރާއިން މިހާތަނަށް ދުނިޔޭގެ 180 ގައުމަކުން 125،000 ވުރެ ގިނަ ކުންފުނި ވަނީ ރޭޓްކޮށްފަ އެވެ.
މި ފަހަރުގެ ވަޒަންކުރުމުގައި ލަވާޒާ ގްރޫޕުން ވަނީ ތިމާވެށީގެ ދާއިރާއިންނާއި، މަސައްކަތްތެރިންގެ ހައްގުތަކާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން އެންމެ މަތީ ދަރަޖަ ނުވަތަ އައުޓްސްޓޭންޑިން ފެންވަރު ހާސިލްކޮށްފަ އެވެ. މީގެ އިތުރުން، ވިޔަފާރީގެ އަހުލާގީ މިންގަނޑުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި ހޯދުމުގެ ދާއިރާއިން ވެސް އެ ކުންފުނިން ވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.
ލަވާޒާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒިންމާދާރުކަމާއެކު ވިޔަފާރި ފުޅާކުރުމަކީ އެ ކުންފުނީގެ މުޅި ސަޕްލައި ޗެއިން ނުވަތަ މުދާ އުފައްދާ ފޯރުކޮށްދޭ ހުރިހާ މަރުހަލާއެއްގައި ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މިއީ އެކި ފަރާތްތަކާއެކު ކުރެވޭ މަޝްވަރާގެ ތެރެއިން ހޯދޭ ކުރިއެރުމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ލަވާޒާއިން އިތުރަށް ހާމަކުރި ގޮތުގައި، މިއީ ހަމައެކަނި ކުންފުނީގެ ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ސަޕްލައި ޗެއިންގައި ހިމެނޭ ހުރިހާ ބައިވެރިންނާއެކު ކުރެވޭ ދަތުރެކެވެ. މިފަދަ ދެފުށް ފެންނަ ނިޒާމެއްގެ ސަބަބުން، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެވި، އަމަލީ ގޮތުން ކަންކަން ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ އުފެއްދުންތަކަކީ ތިމާވެއްޓާއި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ، އިތުބާރު ހުރި އުފެއްދުންތަކެއްކަން ކަށަވަރުވެގެންދާނެއެވެ.
ލަވާޒާ އަކީ ދިވެހިރާއްޖޭގައި އެންމެ މަގުބޫލް ކޮފީ ބްރޭންޑެވެ. މި ކޮފީގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ ޔޫރޯ މާކެޓިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ