ޓޫރިޒަމް ތަރައްގީކުރާ ޕަބްލިލް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު އަދަދު އަށް ލިބިއްޖެ އެވެ.
މަގުއްދުވާއަކީ 2006 އިން ފެށިގެން 25 އަހަރުގެ މުއްދަތަކަށް އެމްޑީޓީސީއަށް ކުއްޔަށްދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން މި ރަށް އައިޑެނިޒް ކުންފުންޏަށް ސަބްލީސް ކުރީ ޖެހިގެން އައި އަހަރުގައި އެވެ. އައިޑެނިސް ކުންފުނިން މި ރަށް ފަސް ތަރީގެ ފެންވަރުގައި ތަރައްގީކޮށް "އަޔާޑާ މޯލްޑިވްސް" ގެ ނަމުގައި އޮޕަރޭޓުކުރަން ފެށީ 2011 ގައި އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އެމްޑީޓީސީ އާއި އައިޑެނިޒް ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ސަބްލީސް ކުއްޔަކީ ސޮއިކުރާއިރު 303،506 ޑޮލަރުން ފެށިގެން ބޮޑުވަމުން ބޮޑުވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި 1،221،036 (1.2 މިލިއަން) ޑޮލަރަށް ދައްކަން ޖެހޭ ގޮތަށެވެ. މި ސަބްލީސް އެއްބަސްވުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ ހެޑްލިސް އެއްބަސްވުން ހަމަވާ 2031 ގައި އެވެ.
މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އައިޑެނިޒް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެއްބަސްވުމުގެ މުއްދަތު ހަމަ ނުވަނީސް އެ ކުންފުނީގެ ނަން މައްޗަށް ހެޑްލީޒް ބަދަލުކުރާށެވެ. ނަމަވެސް އެމްޓީޑީސީގެ މެނޭޖުމަންޓުން ވަނީ އެކަމާ ދެކޮޅު ހަދާ، ރަށުގެ ހެޑްލީސް ވިއްކާނުލާނެ ކަމަށް ބުނެފަ އެވެ.
ހެޑްލީސް ވިއްކާލަން އެމްޓީޑީސީން ދެކޮޅު ހަދަނީ އެ ކުންފުނިން ބޮޑެތި ކެޕިޓަލް އިންވެސްޓުމަންޓުތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި އެ ކުންފުންޏަށް އާމްދަނީ ވަންނަ ދެ ޕްރޮޕަޓީގެ ތެރެއިން ޕްރޮޕަޓީއެއް ދޫކޮށްލުން، މާލީ ގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީ އެވެ.
އެމްޓީޑީސީން މި ވަގުތު އިންވެސްޓުކޮށްފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ އޮފީސް އިމާރާތާއި ހދ. ނާގޮށީގައި ތަރައްގީކުރަމުން ރިސޯޓު ހިމެނެ އެވެ. މީގެ ތެރެއިން އޮފީސް އިމާރާތުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާއިރު، ނާގޮށި ތަރައްގީކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެންނެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވައްސަށް އެކަނި 38.8 މިިލިއަން ޑޮލަރު (600 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެ ކުންފުނިން ވަނީ ކުރިން ހާމަކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ފަހުން އެމްޓީޑީސީގެ ބޯޑުންނާއި މެނޭޖިން ޑިރެކްޓަރު ކަމުން އަހުމަދު ނިޔާޒު ވަކިކުރީ ވެސް މި މައްސަލައިގައި އައިޑެނިޒް އިން ބޭނުންވާ ގޮތަށް ރަށް ދޫކޮށްލަން އެއްބަސްވެވަޑައިނުގެންނެވީމަ އެވެ. މިކަން ކަށަވަރުކުރަން ނިޔާޒަށް ގުޅުމުން އޭނާ މި ކަން ދޮގުނުކުރެއްވި ނަމަވެސް ވަނީ އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ.
މި މައްސަލައިގައި ސޯޝަލް މީޑީއާގައި ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނައިރު، ބައެއް މީހުން ބުނަނީ ރަށުގެ ހެޑްލީސް 1.5 މިލިއަން ޑޮލަރަށް ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ މަގުއްދުވާގެ ކުލި އެއްބަސްވުމުގެ ކުލި ބޮޑު ވަމުން ގޮސް ކޮންމެ ކުއާޓަރެއްގައި ދޭން އެއްބަސްވެފައިވާ 1.2 މިލިއަން ޑޮލަރާ އަޅާ ބަލާއިރު، އެމްޓީޑީސީއަށް ބޮޑު ގެއްލުމެއް ލިބޭނެ މުއާމަލާތެކެވެ.
އަޔާޑާ ރިސޯޓު ހިންގާ މަގުއްދުވާގެ ހެޑްލީސް ނުައަގުގައި ވިއްކާލަން މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ