އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީގައި ހުންނަވާ މަންދޫބަކަށް ތޯރިގު

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވަ ރާއްޖޭގެ ސަފީރު ތޯރިގު އިބްރާހީމް ހަމަޖައްސަވަން، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައިފި އެވެ.
އިރީނާގައި ރާއްޖޭގެ ފަރާތުން ހުންނަވާ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައީސް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު އެ މައްސަލަ ދިރާސާކުރަން ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
ތޯރިގަކީ ކުރީގެ ރައިސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރު ނިމެންދެން އެންވަޔަރްމަންޓް  މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން މިހާރުގެ ރައީސް މުއިއްޒުގެ ކެބިނެޓް ފުރަތަމަ އެކުލަވައިލެއްވި އިރު ވެސް ތޯރިގަށް ދެއްވީ އެންވަޔަރްމެންޓް މިނިސްޓަރުކަމެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ޓޫރިޒަމް މިނިސްޓަރުކަން ދެއްވުމަށް ފަހު، ކެބިނެޓުން އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ