ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުން ނިމުމަކަށް ގެނެވޭނީ، އެއްވެސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ބައިނަލްއަޤުވާމީ ގާނޫނުތައް ތަންފީޒުކޮށްގެންކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގައި ބޭއްވި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ވަޑައިގަތީ ޒަމީރެވެ. މި ބައްދަލުމުގައި ޒަމީރު ވިދާޅުވީ ވަކި ގައުމެއް، ނުވަތަ ގައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤުވާމީ ގާނޫނާއި ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނު ތަންފީޒު ކުރަންޖެހޭކަމަށާއި އެއީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި ޒަމީރު ވިދާޅުވީ ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރު ކުރަން ޖެހޭކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާ ދިނުމަށް ދެގޮތެއްނުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުން ހުއްޓާލެވޭނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ގާނޫނު ތަންފީޒުކޮށްގެން: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ