މިސްރުގެ ޝާމް އަލް ޝައިހުގައި މިދިޔަ މަހުގެ 15 އިން 22އަށް ކުރިއަށް ދިޔަ ފްރީޑައިވިން ވޯލްޑްކަޕްގައި ރާއްޖޭގެ ތިން ރެކޯޑެއް އުމައިރު ބަދީއު ގާއިމްކޮށްފި އެވެ.
އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް އެޕްނިއާ އިން ސެޓިފައިކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފްރީ ޑައިވަރުން ބައިވެރިވި އެވެ.
ދުނިޔޭގެ ނަން މަޝްހޫރު ފްރީ ޑައިވަރުންނާ ވާދަކޮށް އުމައިރު ގާއިމްކުރި ގައުމީ ރެކޯޑުތަކަކީ:
ފްރީ އިމާޝަން 72 މީޓަރު؛ މީގެ ކުރިން ވެސް ފްރީ އިމާޝަން ރެކޯޑު އޮތީ އުމައިރު އަތުގައި؛ އެއީ 68 މީޓަރު
ކޮންސެންޓު ވެއިންޓް ނޯ ފިންސް: 47 މީޓަރު. މީގެ ކުރިން ވެސް މި ރެކޯޑު އޮތީ އުމައިރު އަތުގައި. އެއީ 42 މީޓަރު
ކޮންސެންޓު ވެއިޓް 72 މީޓަރު؛ މިއީ އާ ރެކޯޑެއް
އުމައިރުގެ މި ކާމިޔާބީތަކާ ގުޅޭ ގޮތުން އޭނާ ބުނީ މި އަހަރުގެ ސީޒަނަކީ ކާމިޔާބު ސީޒަނެއް ކަމަށެވެ. ކޮންމެ ޑައިވަކީ ވެސް ޗެލެންޖެއްގެ ގޮތުގައި ފާހަގަކޮށް އޭނާ ބުނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް މީހާގެ ކުރިއެރުމަށް ޑައިވިންއަކީ އޭނާއަށް އެހީއެއް ކަމަށެވެ.
"ކުރިއަށް އޮތް ސީޒަނަށް މިހާރު ދެން އިންތިޒާރު ކުރަނީ. އިތުރު ޑެޕްތަށް ޑައިވްކޮށް އާ ކާމިޔާބީތަކެއް ހޯދުން އުއްމީދަކީ،" އޭނާ ބުންޏެވެ.
އުމައިރަކީ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްގެ އެތުލީޓު އެމްބެސެޑަރެވެ. އޭނާގެ ފްރީ ޑައިވިން ކެރިއަރުގެ ކާމިޔާބީގައި އެ ގްރޫޕުން ދޭ އެއްބާރުލުމާއި އެހީތެރިކަން އުމައިރު ފާހަގަކުރެ އެވެ.
އުމައިރު މި ހޯދި ކާމިޔާބީތަކާ އެކު އޭނާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފްރީޑައިވަރެވެ. މީގެ އިތުރުން، އޭނާ އަންނަނީ މި ދާއިރާގައި ރާއްޖޭގައި ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އުމައިރު ފްރީޑައިވިންގެ ރާއްޖޭގެ 3 ރެކޯޑެއް އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ