މަސްތުވާތަކެއްޗާއި އެއާ ގުޅުންހުރި ފައިސާއާއެކު ރ. ރަސްގަތީމުން ނުވަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ ނުވަ މީހުން ވެސް ހައްޔަރުކުރީ ނޮވެމްބަރު 1، ގައި ހިންގި އޮޕަރޭޝަނެއްގައި ރަސްގަތީމު ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރިއިރު، އެ އެންމެން ވެސް ތިބީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކޮށް އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ބެލެވޭ 43،500ރ. ވެސް އެ ތަނުން ހޯދި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ނިހާން އާއި އާދިލް އާއި ނަސީމުގެ އިތުރުން ރިޝާމް 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަމީނާ އާއި އައްޔޫބް އާއި ފަރީހާ އާއި އަލީ ވަހީދު އަދި ވިޝާމްގެ އިތުރުން ސަރްހާން 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެއްޗާއި ފައިސާއާއެކު ރަސްގަތީމުން ނުވަ މީހުން ހައްޔަރުކޮށްފި މަސްތުވާތަކެއްޗާއި ފައިސާއާއެކު ރަސްގަތީމުން ނުވަ މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ