ފިލްމު 'ޕަތީ ޕަތުނީ އޯރް ވޯ 2' އަންނަ އަހަރު

މީގެ ހަ އަހަރު ކުރިން ރިލީޒްކުރި ކާތިކް އާރްޔަންގެ ފިލްމު "ޕަތީ ޕަތީ އޯރް ވޯ"ގެ ދެވަނަ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ. ފިލްމުގެ ޓައިޓްލްއާ ގުޅޭ ކެޕްޝަނަކާ އެކު ޓީ-ސީރީސްއިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮންމެ ފިރިއަކީ ވެސް އަމިއްލަ އުފާވެރި ދުނިޔެއެއްގައި އުޅޭ މީހެއް ކަމަށެވެ. އެކަމާ އެ މީހަކާ ދިމާކޮށް އާއްމުން ހެއްވާލުމުގެ ގާބިލުކަން ލިބޭނީ ވަރަށް ކުޅަދާނަ މީހަކަ ކަމަށާއި އެކަން އަންނަ އަހަރުގެ މާޗް މަހު ގެނެސްދޭ ފިލްމުން ބެލުންތެރިންނަށް އެނގިގެންދާނެ ކަމަށް ޓީ-ސީރީސްގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. މީގެކުރިންވެސް ކާމިޔާބު ކޮމެޑީ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ 2"ގެ ލީޑް ތަރިންނަކީ އަޔުޝްމާން ކުރާނާ، ރަކުލް ޕްރީތު ސިންގް، ސާރާ އަލީ ޚާން އަދި ވަމީގާ ގައްބީއެވެ. ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ 2"ގެ ލީޑް ތަރިން ކަމަށްވާ ވަމީގާ ގައްީ، ސާރާ އަލީ ޚާން، ރަކުލް ޕްރީތް ސިންގް އަދި އަޔުޝްމާން ކުރާނާ--ފޮޓޯ/އިންޑިއާފޯރަމް ޓީ-ސީރީސްގެ ވެރިޔާ ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގައި ކުރީގެ އެއްވެސް ތަރިއަކު ހިމެނިފައިނުވާއިރު ފިލްމުގެ ޝޫޓިންގް މިދިޔަ މަހުގެތެރޭ ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ. ކާތިކް އާރްޔަން ލީޑް ރޯލް ކުޅުނު އެ ފިލްމުން ބަތަލާއިންގެ ރޯލްތަކުން ފެނުނީ، އަނަނިޔާ ޕާންޑޭ، ބޫމީ ޕެޑްނެކާރު އަދި އަޕަރުޝަކްތީ ކުރާނާއެވެ. އަޔުޝްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި ހަފްތާގެ އަންގާރު ދުވަހު ސިނަމާތަކުގައި އަޅުވާ މެޑްޑޮކް ފިލްމްސްގެ "ތާމާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ