ޔާމީންގެ ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.ޕީއެންއެފުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން ވެސް އެ ދުވަހު އޮންނާނެ ކަމަށެވެ.ޕީއެންއެފް އުފެއްދީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. އޭރުން ފެށިގެން އެ ޕާޓީގެ މަގާމުތަކުގައި ތިއްބެވީ އެ މަގާމުތަކަށް ވަގުތީ ގޮތުން އައްޔަންކޮށްފައިވާ ބޭފުޅުންނެވެ.އެ ޕާޓީގެ އިއުލާނުގައިވާ ގޮތުން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އެތެރޭގެ އިންތިހާބުގައި ރައީސަކާއި ދެ ނައިބުރައީސުން ހޮވާނެ އެވެ. އޭގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށާއި ރެޖިސްޓެރާގެ މަގާމަށް ވެސް އެ އިންތިހާބުގައި ބޭފުޅުން ހޮވާނެ އެވެ. އެ ޕާޓީގެ ސެނެޓަށް (ޕާޓީގެ ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލް) އަށް 14 ބޭފުޅަކު ހޮވުން ވެސް އެ އިންތިހާބުގައި އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ