ހިޔާ ފްލެޓްގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ބާ ދަގަނޑުގެ ވިޔަފާރި ކުރާތަނަކުން 14 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025: ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލ. އަތޮޅުގެ ހުރި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ތެލަސީމިއާ ކުދިންނަށް ހާއްސަކޮށްގެން އަލައް އެލަވަންސްއެއް ދިނުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ރައީސް ވިދާޅުވީ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި އަންނަ އަހަރު ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ ރޭޓުން އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި އެލަވަންސް ދިނުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ތެލަސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާ ކަމަށެވެ. ތެލަސީމިއާ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހަވެސް ބޮޑަށް ރަނގަޅުކުރުމުގެ ގޮތުން ހުޅުމާލެ އޮރެންޖް ހިޔާއަށް ވަނީ މާޅޭގައި ދެމުންދިޔަ ހިދުމަތްތައް ބަދަލުކޮށްފައެވެ. ހަމައެއާއެކު ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ތެލެސީމިއާއަށް ސްކްރީން ކުރެވިފައިވާ ކުއްޖަކަށް ހެދުމަށް، އަދި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ
މީގެ އިތުރުން ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ހަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސަވާފައެވެ. ވަސީލަތްތައް ހަމަކުރުމުގެ އިތުރުން ގާނޫނަށް އިސްލާހުތަކެއް ގެނެސް ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ